ރޮނާލްޑޯގެ 900 ވަނަ ލަނޑާއެކު ޕޯޗުގަލް އިން ކްރޮއޭޝިއާ ބަލިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 900 ވަނަ ލަނޑު ޖެހިއިރު، ކްރޮއޭޝިއާ ކައިރިން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

ރޭ ޕޯޗުގަލް އިން ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން ޑިއޯގޯ ޑަލޮޓް ވަނީ ލަނޑެއް ޖަހައި، ޕޯޗުގަލް އަށް ކުރިހޯދަދީފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި، އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ ލަނޑު ޖަހައި، ޕޯޗުގަލް އަށް ލީޑު ފުޅާކޮށްދީފަ އެވެ. އެއީ އޭނާގެ ކެރިއަރުގެ 900 ވަނަ ލަނޑެވެ. މިއާއެކު، ރޮނާލްޑޯ ވެފައިވަނީ ރަސްމީ މެޗުތަކުގައި 900 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ކްރޮއޭޝިއާ އާ ދެކޮޅަށް ރޮނާލްޑޯ ޖެހި ލަނޑަކީ، ގައުމީ ޓީމަށް އޭނާ ޖަހައިދިން 131 ވަނަ ލަނޑެެވެ. ކްލަބް ފުޓުބޯޅައިގައި އޭނާ ވަނީ ސްޕޯޓިން ލިސްބަން، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަލް ނަސްރަށް ކުޅެ، ލަނޑު ޖަހާފަ އެވެ.

ކްރޮއޭޝިއާގެ ހަމައެކަނި ލަނޑަކީ، މެޗުގެ 41 ވަނަ މިނެޓުގައި ޑަލޮޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ހާފުގައި ދެ ޓީމުންވެސް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ކާމިޔާބު ވެފައެއް ނުވެއެވެ.

ޕޯޗުގަލް އާއި ކްރޮއޭޝިއާ އާއެކު ގުރޫޕު ”އޭ“ ގައި ދެން ހިމެނެނީ ޕޮލެންޑާއި ސްކޮޓްލެންޑެވެ. ރޭ ޕޮލެންޑުން ވަނީ 3-2 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިކޮށްފަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ