ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ބަލިކޮށް ޕޯޗުގަލުން ތަށި އުފުލާލައިފި އެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ރޭ ޕޯޗުގަލްއިން ސްޕެއިން ބަލިކޮށްފައިވަނީ ޕެނެލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 އިން އެއްވަރު ވެފަ އެވެ. މިމެޗުގައި ފުރަތަމަ ގޯލް 21 ވަނަ މިނެޓުގައި ޖެހި ސްޕެއިނުންނެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
އޭގެފަހުން 45 ވަނަ މިނެޓުގައި ސްޕެއިނުން އިތުރު ގޯލެއް ޖެހިއިރު މެޗު ހަމަހަމަކޮށްލީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ 61 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މެޗުގެ 90 މެނެޓް ހަމަވެ އިތުރު ވަގުތު ނިމުނުއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖެހި އެވެ.

ޕެނަލްޓީން ޕޯޗުގަލް މޮޅުވިއިރު، މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާގެ ގައުމީ ޓީމަށް ހޯދައިދިން ތިން ވަނަ ތައްޓެވެ. މީގެކުރިން 2016 ވަނަ އަހަރުގެ ޕޯޗުގަލްއިން ޔޫރޯ ޕޯޗުގަލްއަށް ކާމިޔާބު ކުރިއިރު 2019 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައިވެ އެވެ.



