ފަހުވަގުތު ރޮނާލްޑޯ ޖެހި ލަނޑާއެކު ޕޯޗުގަލް އަށް މޮޅެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ޖެހި ލަނޑާއެކު، ޕޯޗުގަލް އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.

ރޭގެ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ ލަނޑެއް ޖަހައި، ސްކޮޓްލެންޑަށް ކުރިހޯދަދީފަ އެވެ. ސްކޮޓްލެންޑުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 54 ވަނަ މިނެޓުގައި ސްކޮޓްލެންޑްގެ ކީޕަރު އެންގަަސް ގަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

މި މެޗުގައި ރޮނާލްޑޯ ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފުގައެވެ. އޭނާ ވަނީ ކުޅެން ނިކުމެ، ގޯލަށް ނުރައްކާކޮށް، ގިނަ ހަމަލާތަކެއް ފޮނުވާފަ އެވެ. އެގޮތުން، އޭނާ ފޮނުވާލި ބޯޅަ، ދެފަހަރު މަތިން ވަނީ ދަނޑީގައި ޖެހިފައެވެ. އެޔަށްފަހު، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ނޫނޯ މެންޑޭސް ނަގައިދިން ހުރަހަކުން ރޮނާލްޑޯ ވަނީ ލަނޑު ޖަހައި، ޕޯޗުގަލް މޮޅުކޮށްދީފަ އެވެ. އެއީ ކެރިއަރުގައި ރޮނާލްޑޯ ކާމިޔާބުކުރި 901 ވަނަ ލަނޑެވެ.

ސްކޮޓްލެންޑް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕޮލެންޑް ކައިރިންވެސް ބަލިވެފަ އެވެ. މިއާއެކު، ސްކޮޓްލެންޑަށް މޮޅެއް ނުލިބި، އަށް މެޗު ހަމަވީ އެވެ. އަދި އެންމެ ފަހު 14 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާާއެކު، ޕޯޗުގަލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ޕޯޗުގަލް އަށް ހަ ޕޮއިންޓު ލިބިފައިވާއިރު، ކްރޮއޭޝިއާ އާއި ޕޮލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޔުއެފާ ނޭޝަންސް ލީގު ޕޯޗުގަލް ގައުމީ ޓީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ