ނޭޝަންސް ލީގު ސްކޮޑުން ފޯޑެން، ޕާމާ އަދި ވޮޓްކިންސް ބާކީ ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ނޭޝަންސް ލީގުގެ ކުރިޔަށް ހުރި މެޗުތަކަށް، އިންގްލެންޑުން އެކުލަވާލި ސްކޯޓުން މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އާއި ޗެލްސީގެ ކޯލް ޕާމާގެ އިތުރުން އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ބާކީ ކޮށްފި އެވެ.

އިނގިރޭސި އެފްއޭ އިން އަންގާރަ ދުވަހު މައުލޫމާތު ދިން ގޮތުގައި ޕާމާ އާއި ވޮޓްކިންސް އަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް، އެ ދެ ކުޅުންތެރިން މިހާރު ވަނީ ކްލަބަށް ފޮނުވާލާފަ އެވެ. އަދި އުމުރުން 24 އަހަރުގެ ފޯޑެން ޓީމުގައި ނުޖެހީ، ބަލިވުމުގެ ސަބަބުން ބައެއް މެޗު ތަކާއި ފަރިތަކުރުންތައް ގެއްލުމުންނެވެ.

މިމަހުގެ ހަތްވަނަ ދުވަހު އިންގްލެންޑް ނިކުންނާނީ އަޔަލޭންޑާ ދެކޮޅަށެވެ. އަދި އޭގެ ތިން ދުވަސް ފަހުން ވެމްބްލީ ސްޓޭޑިއަމްގައި ފިންލޭންޑާ ދެކޮޅަށް ކުޅޭނެއެވެ.

މިއަހަރުގެ ޔޫރޫ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން ކައިރިން ބަލިވުމާއެކު، ގެރެތު ސައުތުގޭޓް ވަނީ ކޯޗު ކަމުން އިސްތިއުފާ ދީފަ އެވެ. މިއާއެކު، ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ ލީ ކާސްލީ އެވެ.

ސައުތުގޭޓުގެ އެއްބަސްވުން ހަމަވާން އޮތީ މިއަހަރުގެ ޑިސެންބަރު މަހު އެވެ. ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމަޔަށް އޭނާ ޓީމުގައި ބަހައްޓަން އިނގިރޭސި އެފްއޭ އިން ބޭނުންވިއެވެ. އޭނާ އިސްތިއުފާ ދިނީ އިންގްލެންޑުގެ ކޯޗު ކަމުގައި އަށް އަހަރު ހޭދަކުރުމަށްފަހު އެވެ.

އިންގްލެންޑް ގައުމީ ޓީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ