އަލްވަރޭޒް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހޫލިއަން އަލްވަރޭޒް، މެންޗެސްޓާ ސިޓީން އެތުލެޓިކޯ އަށް ބަދަލުވެ، ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަލްވަރޭޒް އެތުލެޓިކޯ އަށް ބަދަލުވީ 81.5 މިލިއަން ޕައުންޑަ ށެވެ. އެތުލެޓިކޯ އިން ވަނީ 64.4 މިލިއަން ޕައުންޑުގެ އަގު ދައްކާފަ އެވެ. ބާކޯ 17.1 މިލިއަނަކީ އެޑް އޮންގެ އަދަދެވެ.

އުމުރުން 24 އަހަރުގެ މި ކުޅުންތެރިޔާ އަކީ ސިޓީން މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިޔާ އެވެ. މީގެކުރިން އެ ޓީމުން އެންމެ އަގުބޮޑުކޮށް ވިއްކާލި ކުޅުންތެރިޔަކީ ރަހީމް ސްޓާލިންގް އެވެ. 2022 ވަނަ އަހަރު ޗެލްސީ އަށް އޭނާ ވިއްކާލީ 50 މިލިއަން ޕައުންޑަ ށެވެ.

2022 ވަނަ އަހަރު ރިވާ ޕްލޭޓް އިން ސިޓީ އަށް އަލްވަރޭޒް ސޮއިކުރީ 14.1 މިލިއަން ޕައުންޑަ ށެވެ. އެހެންކަމުން، އަލްވަރޭޒް ވިއްކާލައިގެން ސިޓީން ވަނީ މާލީ ގޮތުން ބޮޑު ފައިދާއެއް ހޯދާފަ އެވެ.

އަލްވަރޭޒް ވަނީ ސިޓީއާއެކު ޖުމްލަ ހަ ތަށި ކާމިޔާބުކޮށްފަ އެވެ. އޭނާ ސިޓީ އަށް ބަދަލުވި ސީޒަނުގައި ސިޓީން ވަނީ ޓްރެބަލް ފުރިހަމަކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ އާޖެންޓީނާ އާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ ސިޓީ އަށް ކުޅެދިން 106 މެޗުން 36 ލަނޑު ޖަހާފަ އެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ސިޓީ ނިކުންނާނީ ޗެލްސީ އާ ދެކޮޅަ ށެވެ. އަދި ސްޕެނިޝް ލީގުގައި އެތުލެޓިކޯ ނިކުންނާނީ ވިޔަރެއާލް އާ ދެކޮޅަ ށެވެ.

އެތުލެޓިކޯ މެޑްރިޑް މެންޗެސްޓާ ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ