ވެމްކޯ އިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ތަށި އުފުލާލައިފި އެވެ.

ކްލަވް ވެމްކޯ އިން ވަނީ 2019، 2022، 2023، އަދި މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެ ޓީމުން ހަތަރު ފައިނަލުގައިވެސް ވާދަކޮށްފައިވަނީ ޕޮލިސް ކްލަބާ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ވެމްކޯ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ވެމްކޯ އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

ދެވަނަ ސެޓުގައި ޕޮލިސް ކްލަބުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައިވަނީ ވެމްކޯ އިންނެވެ. ވެމްކޯ އިން ސެޓު ކާމިޔާބުކުރީ 25-23 އިންނެވެ.

ކާމިޔާބުކުރުން މަޖުބޫރު ތިންވަނަ ސެޓުގައި، ޕޮލިސް ކްލަބުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، ޕޮލިސް ކްލަބުން ވަނީ 25-13 އިން ސެޓު ކާމިޔާބުކޮށް، އުއްމީދު އައުކޮށްފަ އެވެ.

ޕޮލިސް ކްލަބުން ތިންވަނަ ސެޓު ކާމިޔާބުކުރި ނަމަވެސް، ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ހަތަރު ވަނަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ. މިއާއެކު، ވެމްކޯ އިން ވަނީ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ އާއިޝަތު މާޖިދާ އެވެ.

މިއަހަރުގެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިސް ކްލަބްގެ މަރިޔަމް އަޒުމާ، ހައްވާ ރާޝިދާގެ އިތުރުން ވެމްކޯގެ ފާތިމަރު ޖޫޒާން ޒަރީރު، މާޖިދާ، މާޔާ ހުސައިން ސަލާހު، ފައިހާ މުހައްމަދު އަދި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންގެ އައިމިނަތު ރިޔާޝާ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ މާސާ ފާރޫގް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ މާޖިދާ އެވެ. މީގެއިތުރުން، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެމްކޯގެ އަހުމަދު އަދީލް އެވެ.

މިއަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިންނެވެ. އެ ޓީމުން ތިންވަނަ ހޯދީ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓް ބަލިކުރުމަށްފަހު އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ