ޔޫރޯ 2024: ޖަރުމަނު ބަލިކޮށް، ސްޕެއިން ސެމީ އަށް

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޖަރުމަނު ބަލިކުރުމަށްފަހު، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން އިން ހޯދައިފި އެވެ.

ސްޕެއިން ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ގަދަ 16 ބުރުގައި ޖޯޖިއާ ބަލުކުރުމަށްފަހު އެވެ. އަދި ޖަރުމަނުން ވަނީ ޑެންމާކްގެ މައްޗަށް ކުރިހޯދާފަ އެވެ.

ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެތުގައި ސްޕެއިން އަށް މައްސަލަތައް ކުރިމަތިވީ، އެ ޓީމިގެ މިޑްފީލްޑަރު، ޕެޑްރީ އަށް އަނިޔާވުމުންނެވެ. އޭނާ އަށް އަނިޔާވެފައިވަނީ ޓޯނީ ކްރޫސް ކުރި ފައުލަކާ ގުޅިގެނެވެ. އަނިޔާ އާއެކުވެސް ކުޅެވޭތޯ މަސައްކަތް ކުރިނަމަވެސް، މެޗުގެ އަށް ވަނަ މިނެޓުގައި ޕެޑްރީ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލު ކުޅެން ނިކުތީ ޑެނީ އޮލްމޯ އެވެ.

ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނުނަމަވެސް، ދެވަނަ ހާފުގައި ސެޕްއިން އިން ވަނީ އެޓޭކް ރަނގަޅުކޮށް ގޯލެއް ޖަހާފަ އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިން އަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލްމޯ އެވެ.

ޖަރުމަނުން ވަނީ ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ އެޓޭކް ރަނގަޅު ކުރުމަށް ގިނަ ބަދަލު ތަކެއް ކޮށްފަ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ނިކްލަސް ފުލްކްރޫގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ޖަރުމަނުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށެވެ. ކިމިކް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަރުމަނަށް ގޯލު ޖަހައިދިނީ ފްލޯރިއަން ވާޓްޒް އެވެ.

ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެފައިވެ އެވެ. އެގޮތުން، އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު މިނެޓުގައި ސްޕެއިން މޮޅުކޮށްދިނީ މިކޭލް މެރީނޯ އެވެ.

އިތުރު ވަގުތުގައި ޖަރުމަނުން ކުރި ކައުންޓާ އެޓޭކެއް ވަނީ ސްޕެއިން އަށް ނުރައްކާވެފަ އެވެ. ޖަރުމަނުގެ ޖަމާލް މުސިއާލާ ހުއްޓުވުމަށް ކާވަހާލް ވަނީ ފައުލް ކޮށްފަ އެވެ. މިއާއެކު، އޭނާ އަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކައި، ދަނޑުން ބޭރުކޮށްފަ އެވެ. އަދި ސެމީ ފައިނަލް މެޗުގައި ނުކުޅެވެނެ އެވެ.

ސެމީ ގައި ފްރާންސް ކުޅެން ޖެހޭނީ ރޭ ޕޯޗުގަލް ކައިރިން މޮޅުވި ފްރާންސާ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ