ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި، ސްލޮވާކިއާ އާ ދެކޮޅަށް ގޯލު ޖެހުމަށްފަހު، އުފާފާޅުކުރުމުގައި އަމަލުތައް ގެންގުޅުނު ގޮތުގެ ސަބަބުން އިންގްލެންޑުގެ މިޑްފީލްޑަރ،ު ޖޫޑް ބެލިންހަމް އެއް މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ސްލޮވާކިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑް ކަޓާން ދަނިކޮށް ސަލާމަތް ކޮށްދިނީ ބެލިންހަމް އެވެ. މެޗުގެ އިތުރު ވަގުތުގައި އޭނާ ޖެހި މޮޅު ގޯލާއެކު، އިންގްލެންޑުން ވަނީ އުއްމީދު އައުކޮށްފަ އެވެ. ގޯލު ޖެހުމަށްފަހު، ބެލިންހަމް ވަނީ އިދިކޮޅު ބެންޗަށް އިޝާރާތްކޮށް ބޭއަދަބީ ގޮތަކަށް އަމަލުކޮށްފަ އެވެ. މި މައްސަލަ ބެލުމަށްފަހު، ޔުއެފާ އިން ނިންމީ އޭނާ އެއް މެޗަށް ސަސްޕެންޑް ކުރުމަށެވެ.
އެއް މެޗަށް ސަސްޕެންޑް ކުރިކަމުގައިވިޔަސް، ބެލިންހަމް އަށް މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކުޅެވޭނެ އެވެ. މި ސަސްޕެންޝަން ފަށާނީ އެއް އަހަރު ފަހުންނެވެ. މީގެއިތުރުން، އޭނާ ވަނީ 30000 ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ.
މީޑީއާ އަށް މައުލޫމާތު ދެމުން، ބެލިންހަމް ބުނީ އޭނާގެ އިޝާރާތަކީ ދަނޑުމަތީގައި ތިބި އެކުވެރިންނާއެކު ސަމާސާ ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އިދިކޮޅު ޓީމު ދަށްކޮށްލުމުގެ ގޮތުން ކުރި ކަމެއް ނޫންކަމަށް ބުންޏެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި މާދަމާ ރޭ އިންގްލެންޑް ނިކުންނާނީ ސުއިޒަލެންޑާ ދެކޮޅަ ށެވެ. މި މެޗުގައި ބެލިންހަމް އަށް ކުޅެވޭނެ އެވެ.
