ފޭސް 2 ގެ އާ މިސްކިތް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހުޅުވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރަތްކޮށްފައިވާ މިސްކިތް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހުޅުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވާނެ ކަމަށެވެ.

މިސްކިތް ހުޅުވުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުންދާކަމަށް މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން، މިސްކިތުގެ ސައުންޑް ސިސްޓަމްތައް ޓެސްޓު ކުރުން ފަދަ ކަންކަން ހިމެނޭކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ މިސްކިތް ހުޅުވުމުގެ ކުރިން މިސްކިތުގެ ވަށައިގެންވާ ދުވާރު ހެދުމުގެ މަސައްކަތް ޑިސެމްބަރު 17 ވަނަ ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ މި މިސްކިތުގެ ނަމަކީ މަސްޖިދުލްއީމާން އެވެ. މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މިސްކިތެކެވެ. ސަރުކާރުން ފަހުން ގާއިމްކުރާ ހުރިހާ މިސްކިތެއްގައި ވެސް ހިމެނޭ ގޮތަށް، މި މިސްކިތުގައި ވެސް ކުލާސްރޫމާއި ލައިބްރަރީ ހިމެނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ފޭސް 2 އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ