ދިވެހި އިމާމުންނާއި ވާޢިޡުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިޞްރުގައި ކުރިއަށް ގެންދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ދިވެހި އިމާމުންނާއި، ވާޢިޡުން ތަމްރީނުކުރުމަށް ޚާއްޞަ ދެ މަސް ދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިޞްރުގައި ކަމަށާއި ކިޔަވައިދިނުމުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ޢަރަބި ބަހުން ކަމަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚަރަދެއް، ހަމަޖައްސައިދޭނީ މިޞްރުގެ އަލް-އަޒްހަރު އެކެޑެމީގެ ފަރާތުން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން މި ހަރަދުތަކުގެ ތެރޭގައި އިންޓަރނޭޝަނަލް އެއަރ ޓިކެޓް، ހުރުން، ކެއުން އަދި ދަތުރުތައް ހިމެނޭކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި މުހިންމު ޝަރުތުތަކެއް ފުރިހަމަވާން ޖެހެ އެވެ. އެގޮތުން، ބައިވެރިވާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެ އެވެ. އަދި ޓްރެއިނިންގއާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ޙާސިލުކޮށްފައިވުމަކީ ވެސް ޝަރުތެކެވެ. މި ޑިގްރީއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެންޓްރީ ކްރައިޓީރިއާއަށް ފެތޭ ނުވަތަ އެމް.ކިއު.އޭ އިން ވެލިޑޭޓްކުރާ މަރުކަޒަކުން ފުރިހަމަކޮށްފައިވާ ޑިގްރީއަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގައި ކިޔަވައިދެވޭނީ ޢަރަބި ބަހުން ކަމަށްވާތީ، ބައިވެރިވާ ފަރާތްތަކަށް ރަނގަޅަށް ޢަރަބި ބަހުން ވާހަކަ ދައްކަން އެނގުމަކީ ވެސް މުހިންމު ޝަރުތެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ދީނީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނުތަކެއް ފޯރުކޮށްދިނުންކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މިސްރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ