ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިޒްރޭލުން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ އިތުރު ބިންތަކެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިޒްރޭލުގެ ކެބިނެޓުން ނިންމައިފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ކެބިނެޓުން ނިންމާފައިވަނީ ހުޅަނގު އައްސޭރީގެ އިތުރު 19 ތަނެއްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށެވެ. މިއީ ހުޅަނގު އައްސޭރީގެ ބިންތައް ހިފުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

މިއާއެކު ފާއިތުވި ދެ އަހަރުގެ ތެރޭގައި އިޒްރޭލުން ހިފި ހުޅަނގު އައްސޭރީގެ ބިންތަކުގެ އަދަދު 69 އަކަށް އަރާނެ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

މިގޮތަށް ބިންތައް ހިފައި ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާ ކަމެކެވެ.

އިޒްރޭލުގެ ކެބިނެޓުން މި ނިންމުން ނިންމާފައި މިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގެ ކަންކަން ފެށުމަށް އެމެރިކާއާއި އަރަބި ގައުމަތުން ބާރުއަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

ހުޅަނގު އައްސޭރީގެ ބިންތައް ހިފުމަށް އިޒްރޭލުގެ ޤާނޫނުހަދާ މަޖިލިސް، ކްނެސެޓްއަށް މިދިޔަ ޖުލައި މަހު ވަނީ ފާސްކޮށްފަ އެވެ. އަދި މިކަމާ އެމެރިކާއާއި އަރަބި ގައުމުތަކުން އަދި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި މި ހުށަހެޅުމުގައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ސިޔާދަތުގެ ދަށުގައިވާތަނަކަށް ހެދުމަށެވެ. އަދި ބުނެފައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ސިޔާދަތުގެ ދަށުގައިވާ ތަނަކަށް ހެދިއްޖެނަމަ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވި ”އެމީހުންގެ ބިމުގައި“ ދެމިތިބުމުގެ ހައްޤާމެދު އޮތް ސުވާލު ނެތިގެންދާނެ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިގެ ބިންތަކެއް ހިފުމަށް ޔަހޫދީ އަސްކަރިއްޔާއިން ވެސް ވަނީ އަމުރުކޮށްފަ އެވެ. 3.9 އޭކަރުގެ މި ސަރަހައްދު ހިފުމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދެ އަމުރެއް ނެރެފައިވަނީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ޔަހޫދީން އެތަންތަނުގައި ވަޒަންވެރިކުރުވުމަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ 150 އެއްހާ ދަނޑުވެރިންގެ ދަނޑުބިންތައް، ގަދަބާރުން އިޒްރޭލުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދާނެ އެވެ.

އިޒްރޭލް ފަލަސްތީނުގެ ހުޅަނގު އައްސޭރި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ