އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ އުރީދޫ ފަން ރަން ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފި އެވެ.
މި ދުވުމަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކެއް ކަމަށް އުރީދޫން ބުނެފައިވެ އެވެ. މި ދުވުން ކުރިއަށް ދިޔައީ އިއްޔެ ހަވީރު ހުޅުމާލޭގަ އެވެ.
ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ 5 ކޭ ދުވުމެކެވެ.
މި އަހަރުގެ ފަން ރަން ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ. އަދި މި ރަންގައި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެގޮތުން، މި ދުވުމުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން މީހަކަށް ސްރީ ލަންކާގެ ކޮލޮމްބޯ އަށް ދަތުރުކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާގެ ފަރާތުން ވަނީ ދީފަ އެވެ.
އަދި ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ވެސް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓާއި އެކި އިނާމުތައް ވަނީ ދީފަ އެވެ.


