ވަގަށް ނެގި އިންޖީނެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ، ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ، މި ޑިސެމްބަރު މަހުގެ 17ވަނަ ދުވަހުގެ ވަގުތެއްގައި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާ ކަމަށް، ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގެ ފުލުހުން އެ އިންޖީނު ހޯދުމަށް ކުރި މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މި ޑިސެމްބަރު 18ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައް ފެނިފައިވާ ކަމަށާއި އިންޖީނު ވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް އެތަނަށް ވިއްކާލާފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިހާރު ވަގަށް ނެގި އިންޖީނު، އޭގެ ވެރިފަރާތާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ