އުރީދޫއިން ފަންރަން އާއި ގުޅިގެން ސެންޓްރަލް ޕާކްގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަންރަން އާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު އުރީދޫއިން ސެންޓްރަލް ޕާކްގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދަން ނިންމައިފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.

’ޖަވިޔަނި‘ އަށް މައުލޫމާތު ދެއްވަމުން އުރީދޫއިން ބުނީ، 18 ވަނަ ދުވަަހުގެ ހަވީރު 4:00 އިން 6:00 ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށާއި، މި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ ގިނަ ގޭމްތަކަކާއި މަޖާ ހަރަކާތްތަކަކާއި އެކުގައި ކަމަށެވެ.

ރޮބޯމޭންވެސް މި ހަވީރުގައި ބައިވެރިވާނެ ކަމަށާއި، އުންމީދަކީ ވީހާވެސް ގިނަ ކުޑަކުދިން މި ހަވީރުގައި ބައިވެރިވާނެ ކަމަށް ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ.

މީގެ އިތުރުން، 18 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކްގައި މިއުޒިކް ޝޯއެއް ކުރިޔަށްދާނެ ކަމަށާއި، ފަންރަން މިއުޒިކް ޝޯއަކީ ވަރަށްގިނަ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ވަރަށް ލުކް ފޯވާޑް ކުރާ މިއުޒްކް ޝޯއެއް ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ.

އުރީދޫއިން ބުނީ، މި އަހަރު މިއުޒިކް ޝޯ ފެށިގެންދާނީ 18 ވަނަ ދުވަހުގެ 8 ޖަހާއިރު ކަމަށެވެ. އަދި މި ޝޯ ފެށިގެންދާއިރު ވަރަށް ވަރުގަދަ 4 ބޭންޑެއް ބައިވެރިވާނެ ކަމަށާއި، އެއީ ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް އަދި ސިންބޮލިކް ރިކޯޑްސް ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ.

18 ވަނަ ދުވަހު އަދި 19 ވަނަ ދުވަހު ކުރިޔަށްގެންދާ ފަންރަން ވީކެންޑް ހަރަކާތްތަކުގައި ވަރަށް ބައިވަރު ފްޑް ސްޓޯލްތަށް ހުންނާނެ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.

އުރީދޫ އުރީދޫ ފަން ރަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ