މޫސުން ގޯސްވުމާ ގުޅިގެން ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމަށް މިއަދުގެ 12:45 އިން ފެށިގެން 16:00 އާ ހަމައަށެވެ.
ޔެލޯ އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި މެދު ރާއްޖެ މަތީގައި ދަނީ ވަރަށް ބޯކޮށް ވިއްސާރަ ވިލާތައް އުފެދެމުންނެވެ. ވުމާއެކު މާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެން ބޮޑުވާނެ ކަމަށް ލަފާކުރެ އެވެ. އަދި މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.



