ދުބާއީ ސްޓައިލް ޗޮކްލެޓް: އެލަރޖީގެ މައްސަލަ ހުންނަ ފަރާތްތަކުން ނުކެއުމަށް އިލްތިމާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަގުބޫލުކަން ހޯދާފައިވާ ”ދުބާއީ ސްޓައިލް“ ޗޮކްލެޓް އެލަރޖީގެ މައްސަލަ ހުންނަ ފަރާތްތަކުން ނުކެއުމަށާއި، އެ ޗޮކްލެޓް ކައުމުގައި ސަމާލުވުމަށް އިނގެރޭސިވިލާތުގެ ފުޑް ސްޓޭންޑަރޑްސް އެޖެންސީ (އެފްއެސްއޭ) އިން އަންގައިފި އެވެ.

ޕިސްތާޗިއޯ، ތެޅި (ޓާހިނީ) އަދި ފިލޯ ޕޭސްޓްރީއިން ފުރިފައިވާ މި ޗޮކްލެޓްގެ މަގުބޫލުކަން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ރާއްޖޭގައިވެސް މި ޗޮކްލެޓްއަކީ ވަރަށް މަގުބޫލު ޗޮކްލެޓްއެކެވެ.

އެފްއެސްއޭ އިން ބައެއް ޗޮކްލެޓްތައް ތަހުލީލުކުރުމަށްފަހު ބުނީ، އެ ތަހުލީލުތަކުން އެ އުފެއްދުންތަކުގައި ސަލާމަތީ އަދި ލޭބަލް ކުރުމުގެ މިންގަނޑުތަކަށް ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފްއެސްއޭގެ ޑިރެކްޓަރ އޮފް ޕޮލިސީ ރެބެކާ ސުޑްވޯތު ވިދާޅުވީ، ޓެސްޓުކުރެވުނު ބައެއް ޗޮކްލެޓްތަކުގައި ލޭބަލްގައި ބަޔާންކޮށްފައި ހުންނަ އަދަދަށްވުރެ އިތުރަށް ބަދާމާއި އެހެން ތަކެތި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ”މީ އެލަރޖީ ހުންނަ ކޮންސިއުމަރުންނަށް ވާ ނުރައްކާތެރި ކަމެއް،“ އޭނާ ވިދާޅުވި އެވެ.

އެފްއެސްއޭ އިން މިހާރު ދަނީ އިތުރު ސާމްޕަލްތައް ނަގައި ތަހުލީލުކުރަމުންނެވެ. ނަމަވެސް، ފުރިހަމަ ނަތީޖާ ލިބެންދެން، އެ އިދާރާއިން ވަނީ އެލަރޖީގެ މައްސަލަ ހުންނަ ހުރިހާ ފަރާތްތަކަށް (ބަދާމާއި ތެޅީގެ އެލަރޖީ ނޫން އެހެން އެލަރޖީތައް ވެސް ހިމެނޭ ގޮތަށް) މި ޗޮކްލެޓް ކެއުމުން ރައްކާތެރިކަމުގެ ގޮތުން ދުރުހެލިވުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފަ އެވެ.

އެފްއެސްއޭ އިން ބުނާ ގޮތުގައި، އެލަރޖީގެ މައްސަލަ ނެތް ފަރާތްތަކަށް، ޚާއްސަކޮށް މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ކެއުމަކީ ސަލާމަތީގޮތުން މައްސަލައެއް ނޫނެވެ.

މިކަމާ ގުޅިގެން ޗާޓަރޑް ޓްރޭޑިންގ ސްޓޭންޑަރޑްސް އިންސްޓިޓިއުޓް (ސީ.ޓީ.އެސް.އައި) ގެ ހެޑް އޮފް ޕޮލިސީ ޖެސިކާ މެރީފީލްޑް ވިދާޅުވީ، ކާނާގެ ލޭބަލް ކުރުމުގެ ސާފު ގަވާއިދުތަކަށް ތަބާނުވުމަކީ ”ޤާނޫނާ ޚިލާފު އަދި ވަރަށް ނުރައްކާތެރި“ ކަމެއް ކަމަށެވެ. މެރީފީލްޑް ވަނީ ހުރިހާ ކާނާގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ރީޓެއިލަރުންނާއި އިމްޕޯޓަރުންނަށް، ކޮންސިއުމަރުންނަށް ރައްކާތެރި ގޮތެއްގައި ކާނާ ހޮވުމުގެ ފުރުސަތު ދިނުމަށްޓަކައި އެލަރޖެންތައް ދެނެގަނެ ރަނގަޅަށް ލޭބަލް ކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

އިނގެރޭސިވިލާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ