ފަލަސްތީނަށް ތާއީދުކުރާ 400 އަށްވުރެ ގިނަ މީހަކު އިނގެރޭސިވިލާތުން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގެރޭސިވިލާތުގެ ލަންޑަނުގައި ހިނގި އިހުތިޖާޖެއްގައި ފަލަސްތީނަށް ތާއީދުކޮށް، ޕެލެސްޓައިން އެކްޝަން ގްރޫޕް މަނާކުރުމާ ދެކޮޅަށް އަޑުއުފުލި 466 އަށްވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިއީ ލަންޑަނުގައި އެއް އިހުތިޖާޖެއްގައި އެންމެ ގިނަ މީހުން ހައްޔަރުކުރެވުނު ފަހަރު ކަމަށް ކެމްޕޭނަރުން ބުނެއެވެ.

ހޮނިހިރު ދުވަހު ލަންޑަނުގެ ޕާލިމެންޓް ސްކުއެއަރގައި ބޭއްވުނު މި އިހުތިޖާޖުގައި، އިޒްރޭލުން ގައްޒާއަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައި، ”އަހަރެން ނަސްލު ނައްތާލުމާ ދެކޮޅު، އަހަރެން ޕެލެސްޓައިން އެކްޝަނަށް ތާއީދުކުރަން“ މި މެސެޖް ލިޔެފައިވާ ބޯޑުތައް ހިފައިގެން ސަތޭކަ އެތައް ބަޔަކު ބައިވެރިވިއެވެ.

މެޓްރޮޕޮލިޓަން ފުލުހުން ބުނާ ގޮތުން، ”ޕެލެސްޓައިން އެކްޝަނަށް ތާއީދުކުރުމުގެ“ ސަބަބުން 466 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން އެހެނިހެން ކުށްތަކުގެ ދަށުން 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ފުލުހުންނަށް ހަމަލާދިން 5 މީހުން ހިމެނެއެވެ.

އިހުތިޖާޖު އިންތިޒާމުކުރި ”ޑިފެންޑް އަވަރ ޖޫރީސް“ އިން ބުނާ ގޮތުން، އިހުތިޖާޖުގައި 800 އެއްހާ މީހުން ބައިވެރިވިއެވެ. އަދި މިއީ މެޓްރޮޕޮލިޓަން ފުލުހުން އެއް އިހުތިޖާޖެއްގައި އެންމެ ގިނަ މީހުން ހައްޔަރުކުރި ފަހަރު ކަމަށް އެ ގްރޫޕުން ފާހަގަކުރިއެވެ.

މި އިހުތިޖާޖުތަކަކީ ޖުލައި މަހު ޓެރަރިޒަމް އެކްޓް 2000 ގެ ދަށުން ޕެލެސްޓައިން އެކްޝަން މަނާކުރުމާ ގުޅިގެން ކުރެވުނު އިހުތިޖާޖުތަކެވެ. މިހާރު އެ ގްރޫޕުގެ މެންބަރަކަށްވުން ނުވަތަ އެ ގްރޫޕަށް ތާއީދުކުރުމަކީ 14 އަހަރާ ހަމައަށް ޖަލަށްލެވިދާނެ ކުށެކެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުން މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްގަށް އަރައިގަތުމެކެވެ.

އަލް ޖަޒީރާގެ ނޫސްވެރިޔާ ސޯނިއާ ގަލޭގޯ ފާހަގަކުރި ގޮތުން، ހައްޔަރުކުރެވިދާނެކަމުގެ ނުވަތަ އަދަބު ލިބިދާނެކަމުގެ ބިރު އޮތް ނަމަވެސް، ޕެލެސްޓައިން އެކްޝަނަށް ތާއީދުކުރާ މީހުން އެ ގްރޫޕަށް ތާއީދުކުރާކަން ފާޅުކުރުމުން ފަހަތަށް ޖެހިފައެއް ނުވެއެވެ.

އިނގެރޭސިވިލާތާއި، ޔޫރަޕްގެ ގިނަ ގައުމުތަކުގައި ފަލަސްތީންއަށް ތާއީދުކޮށް އަޑުއުފުލުންތަައް އިތުރުވެފައިވާއިރު އެ ސަރުކާރުތަކުން އަންނަނީ އެފަދަ އަޑުތައް ކަނޑުވާލުމަށް ޤާނޫނުތައް ހަރުކަށިކުރަމުންނެވެ. ހުޅަނގުގެ ގިނަ ޤައުމުތަކަކީ އިސްރޭއީލްގެ އަނިޔާވެރިކަމަށް ތާއީދު، އެ ޤައުމުގެ އަޅުވެތިކަމުގައިވާ ޤައުމުތަކެކެވެ. އިސްރޭއީލްގެ އެންމެ ބޮޑު އަޅުވެރިޔަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރުކަމަށް ދައުވާކުރާ ޑޮނަލްޑް ޓްރަމްޕްގެ އެމެރިކާ އެވެ.

އިނގެރޭސިވިލާތް ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ