މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްފައިވާނެ، ނެގިގެން ނުވާނެ: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ މާފުކޮށްފައިވާ ކަމަށާއި، އެ ފައިސާ ނެގިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގަ އެވެ. އެ ބައްދަލުވުމުގައި ގަލޮޅުގެ ގިނަ ރައްޔިތުން ވަނީ މާލެ ސިޓީ ކައުންސިލުން އެ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ ދެއްކުމަށް އަންގާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައި ރައީސް ވިދާޅުވީ، ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ކުލީގެ ޖޫރިމަނާ އެ މަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު މާފު ކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މި ކުލީގެ ޖޫރިމަނާ ދައްކަންޖެހޭ ވާހަކަ އިވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށާއި، އެ ޖޫރިމަނާގެ ފައިސާ ނެގިގެން ނުވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އަދި އޭރު އެމަނިކުފާނު ނިންމެވި ނިންމުން ތަންފީޒު ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

”ރައްޔިތުންގެ ބޯހިޔާވެހިކަން މިއީ. އެތަނުގެ ތެރެއިން އެތައް ކަންބޮޑުވުންތަކެއް ނޫނީ އެތައް ތަހައްމަލްކުރުންތަކެއް ކުރަމުންދާ ތަންތަން އެއީ. އެހެންވީމަ އެތަންތަނުގައި އުޅެމުންދާއިރު އެންމެ ރަނގަޅުގޮތް ވާންޖެހޭނެ. ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެ ފްލެޓްތައް މިލްކު ކުރުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ގެނެވޭނެ ކޮން ލުޔެއްތޯ ބަލައިދީ، އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އެތަންތަނުގެ ހާލަތު ވެސް ކައުންސިލުން ބަލަން ޖެހޭނެ ކަމަށާއި، މެއިންޓެނެންސް ދިނުމުގެ ކަންކަން ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވާފައި ސިނަމާލޭގެ ހަތަރު ފްލެޓާއި މާލެ ހިޔާގެ ދެ ފްލެޓްގައި އުޅޭ ރައްޔިތުންނަށް ރަނގަޅު ޖަވާބެއް ދެއްވާނެ ކަމަށެވެ. މިކަމުން ދައްކުވައިދެނީ ބޯހިޔާވެހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ