އިނގިރޭސި ރަސްގެފާނުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު ’ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން‘ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މި ދަތުރުފުޅު ފެއްޓެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ރަސްގެފާނު ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

’ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން‘ މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ހިޒް މެޖަސްޓީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިން ނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތައް (އެމް.ޑީ.ބީ.) މެދުވެރިކޮށް، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމަށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގައި، ”ޑެޓް-ފޮރ-ކްލައިމެޓް“ އަދި ”ޑެޓް-ފޮރ-ނޭޗަރ“ މަޝްރޫޢުތައް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފަ އެވެ.

ދައުލަތުގެ އިސްވެރިން:

  • ކޮމަންވެލްތް އޮފް ދަ ބަހާމާސް: ބޮޑު ވަޒީރު، ދަ އޮނަރަބަލް ފިލިޕް އެޑްވަރޑް ޑޭވިސް (ކޭ.ސީ)

ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ބޭންކުތަކުގެ ވެރިން:

  • ވަރލްޑް ބޭންކް ގްރޫޕް: ރައީސް، މރ. އަޖޭ ބާންގާ

  • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ): ރައީސް، މރ. މަސާތޮ ކާންޑާ

  • އިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ): ރައީސް، މރ. އީލާން ގޯލްޑްފައިން

  • އެފްރިކަން ޑިވެލޮޕްމަންޓް ގްރޫޕް: ރައީސް، ޑރ. ސީދީ އޫލްދް ތާ

  • އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ): ރައީސް، މރ. ޖިން ލީކުން

  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީ.އައި.ބީ): ރައީސް، މިސް ނާޑިއާ ކަލްވީނިޔޯ

  • ޔޫރަޕިއަން ބޭންކް ފޮރ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީ.ބީ.އާރު.ޑީ): ރައީސް، މރ. އޮޑީލް ރެނޯ-ބާސޯ

  • ކެރީބިއަން ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ): ރައީސް، މރ. ޑެނިއަލް ބެސްޓް

  • އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭ.އެފް.ސީ): ރައީސް އަދި ސީ.އީ.އޯ، މރ. ސަމައިލާ ޒުބައިރޫ

ޕްރައިވެޓް ސެކްޓަރ އަދި ކޯޕަރޭޓް ލީޑަރުން:

  • އަލްޓެރާ: ސީ.އީ.އޯ، މރ. މަޖީދު އަލް ސުވޭދީ

  • މަސްދަރ: ސީ.އީ.އޯ، މރ. މުޙައްމަދު ޖަމީލް އަލް ރަމާހީ

  • އެޗް.އެސް.ބީ.ސީ: ގްރޫޕް ސީ.އީ.އޯ، މރ. ޖޯޖް އެލްހެދެރީ

  • ސްޓޭންޑާރޑް ޗާރޓަރޑް: ގްރޫޕް ސީ.އީ.އޯ، މރ. ބިލް ވިންޓަރޒް

  • ބާރކްލޭސް: ސީ.އީ.އޯ، މރ. ސީ. އެސް. ވެންކަޓަކްރިޝްނަން

  • ބޭންކް އޮފް އެމެރިކާ އިންޓަރނޭޝަނަލް: ރައީސް، މރ. ބަރނާޑް މެންސާ

  • ބްލެކްރޮކް (އިންޓަރނޭޝަނަލް): ސީ.އީ.އޯ، މިސް ރޭޗަލް ލޯޑް

  • އެސް އެންޑް ޕީ (S&P) ގްލޯބަލް: ރައީސް އަދި ސީ.އީ.އޯ، މިސް މަރޓީނާ އެލް. ޗަންގް

  • ޕްރައިސްވޯޓަރހައުސްކޫޕަރސް (PwC): ގްލޯބަލް ޗެއަރމަން، މރ. މުޙައްމަދު ކާންޑޭ

  • ފިންޑެވް ކެނެޑާ: ސީ.އީ.އޯ، މިސް ލޯރީ ކަރ

  • އެޑްވެންޓް އިންޓަރނޭޝަނަލް: މެނޭޖިންގ ޕާރޓްނަރ، މރ. ޖޭމްސް ބްރޮކަލްބެންކް

  • އޮކްޓޮޕަސް އެނަރޖީ: ކޯ-ފައުންޑަރ އަދި ސީ.އީ.އޯ، މރ. ގްރެގް ޖެކްސަން

  • ރޮބަރޓްސަން ގްރޫޕް: ސީ.އީ.އޯ، މރ. އެލިއޮޓް ރޮބަރޓްސަން

  • ކޮންޑޫއިޓް ރީ: ސީ.އީ.އޯ، މރ. ނީލް އެކަރޓް

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު މި ދަތުރުފުޅުގައި ލިބިގެންދިޔަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް އިނގެރޭސިވިލާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ