އިޒްރޭލުން ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ކޭމްޕްގެ 25 އިމާރާތް ތަޅާލަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ 25 އިމާރާތް މި ހަފްތާ ތެރޭގައި ތަޅާލުމަށް އިޒްރޭލް ސިފައިން ރާވާފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ތުލްކަރަމް ގަވަރުނަރޭޓްގެ ގަވަރުނަރު އަބްދުﷲ ކާމިލް ވަނީ މި ނިންމުން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިޒްރޭލްގެ ދިފާއީ ވުޒާރާގެ ބޮޑު އިދާރާ ކަމަށްވާ ކޯގާޓް އިން މިކަން އަންގާފައިވާ ކަމަށެވެ.

ތުލްކަރަމް ކޭމްޕްގެ މަޤްބޫލު ކޮމިޓީގެ ވެރިޔާ ފައިސަލް ސަލާމާ ވިދާޅުވީ، ތަޅާލުމުގެ މި އަމުރުގެ ސަބަބުން 100 އާއިލާއަށް އަސަރު ކުރާނެ ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި މި އަމަލަކީ ޖެނުއަރީ މަހު ފެށި ”އޮޕަރޭޝަން އައިރަން ވޯލް“ ގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ. މި އޮޕަރޭޝަނަކީ ހުޅަނގު އައްސޭރީގެ އުތުރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކާ ކުރިމަތިލުމަށް ފަށާފައިވާ ކަމެކެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިމުގެ ބާރު ހޯދުމަށްޓަކައި ޣައްޒާގައި ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަންތަކާ އެއްގޮތް އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާމަﷲ އިން ރިޕޯޓް ކުރައްވަމުން އަންނަ އަލްޖަޒީގެ ނޫސްވެރިޔާ ބުނި ގޮތުގައި މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި މިފަދަ ގޮތަކަށް އިޒްރޭއީލުން އަމަލުކުރާ ތިން ވަނަ ފަހަރު އެވެ. މީގެކުރިން ކުރިއަށްގެންދިޔަ މިފަދަ އޮޕަރޭޝަންތަކުގައި 1،500 ގެއެއް ތަޅާލައި، 32،000 ފަލަސްތީނުގެ ރައްޔިތުން މަގުމަތިކޮށްލާފައިވާކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދެކޭ ގޮތުގައި މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކުރުމާއި ހުޅަނގު އައްސޭރީގެ ޖިއޮގްރަފީ ބަދަލުކުރުމަށް ކުރާ މަސައްކަތެކެވެ. ފަލަސްތީނުގެ ޤައުމީ ކައުންސިލްގެ ވެރިޔާ ރޫހީ ފައްތޫހް ވަނީ އިޒްރޭލުގެ މި ނިންމުމަކީ ”ނަސްލު ނައްތާލުމުގެ“ ގެ ބައެއް ކަމަށް ސިފަކުރައްވާފަ އެވެ.

ހޯމަ ދުވަހު ނޫރު ޝަމްސް ކޭމްޕުން ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ވަނީ އިޒްރޭލް ސިފައިންގެ ވެހިކަލްތައް ކުރިމަތީގައި މުޒާހަރާކޮށް، މި އަމުރުތަކަށް ނުރުހުން ފާޅުކޮށް، އެމީހުންގެ ގެތަކަށް އެނބުރި ދިއުމަށް އެދިފަ އެވެ.

ފަލަސްތީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ