އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި ފަލަސްތީން އަދި ސީރިއާގެ ރައްޔިތުން ހިމަނައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން އިއްޔެ ވަނީ އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓަށް އިތުރު ހަތް ގައުމެއް ހިމަނާފަ އެވެ.
އޭގެތެރޭގައި ހިމެނެނީ ފަލަސްތީންގެ އޮތޯރިޓީތަކުން ދޫކުރާ ޓްރެވަލް ޑޮކިއުމަންޓް އޮންނަ ފަރާތްތައް، ސީރިއާ، ލާއޯސް، ދެކުނު ސުދާން، ލާއޯސް އަދި އެފްރިކާގެ ބައެއް ގައުމުތަކެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ވައިޓްހައުސްއިން ބުނެފައިވެ އެވެ.
މިއާއެކު އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި 40 އާ ގާތްކުރާ އަދަދަށް ގައުމުތައް ވަނީ ހިމެނިފަ އެވެ.
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި އެންމެ ފަހުން ހިމެނި ގައުމުތައް ހިމަނާފައިވަނީ އެމެރިކާގެ ގައުމީ ސަލާމަތާއި އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމަނާފައިވަނީ، މިފަހުން ސީރިއާގައި އެމެރިކާގެ ދެ ސިފައިން މަރާލުމާ ގުޅިގެންނެވެ. އެމެރިކާގެ ދެ ސިފައިން ސީރިއާގައި މަރާލާފައިވަނީ ސީރިއާގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ މީހެކެވެ.
ސީރިއާ އާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިފަހުން ސީރިޔާގެ ރައީސް އަހްމަދު އަލް-ޝަރާ ވަނީ އެމެރިކާގެ ވައިޓް ހައުސްގައި ޓްރަމްޕްއާ ބައްދަލުކުރައްވާފަ އެވެ.
އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީން ސީރިޔާ



