ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރަތްކޮށްފައިވާ މިސްކިތް، މަސްޖިދު ހަފީޒާ ސަލީމް، ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ޖަވިޔަނި އަށް މައުލޫމާތު ދެއްވި ގޮތުގައި، މިސްކިތް ހުޅުވުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް މިހާރު ދަނީ ނިންމަމުންނެވެ. އެގޮތުން، މިސްކިތުގެ ސައުންޑް ސިސްޓަމްތައް ޓެސްޓު ކުރުން ފަދަ ކަންކަން ހިމެނެ އެވެ. މިނިސްޓްރީން އިތުރަށް ވިދާޅުވީ، މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް ފަހުން އާންމުކުރާނެ ކަމަށެވެ.
މިސްކިތް ހުޅުވުމަށް ކުރަމުންދާ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ މިސްކިތުގެ ވަށައިގެންވާ ދުވާރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފޭސް ދޭއްގައި ގާއިމްކުރަމުންދާ މި އާ މިސްކިތުގެ ވަށައިގެންވާ ދުވާރު ހެދުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފަ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ މި މިސްކިތުގެ ނަމަކީ މަސްޖިދު ހަފީޒާ ސަލީމް އެވެ. މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މިސްކިތެކެވެ. ސަރުކާރުން ފަހުން ގާއިމްކުރާ ހުރިހާ މިސްކިތެއްގައި ވެސް ހިމެނޭ ގޮތަށް، މި މިސްކިތުގައި ވެސް ކުލާސްރޫމާއި ލައިބްރަރީ ހިމެނެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް


