އިޒްރޭލުން އެއްބަސްވުމާ ޚިލާފަށް ހަމަލާދެމުންދާއިރު އެއްބަވުމުގައިހުރި ކަންކަން ކުރިއަށް ނުގެންދެވޭނެ: ހަމާސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ދަނިކޮށް އެއްބަސްވުމުގައި ހުރި ކަންކަމައިގެން ކުރިއަށް ނުދެވޭނެ ކަމަށް ހަމާސްއިން ބުނެފި އެވެ.

އޮކްޓޫބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް ހަމާސްއާއި އިޒްރޭލުން އެއްބަސްވިނަމަވެސް އިޒްރޭލުން އަންނަނީ ދޭތެރެ ދޭތެރެއިން ޣައްޒާއަށް ވައިގެ އަދި ބަަޑީގެ ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަހުން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 377 މީހުން ޝަހީދުކޮށްލާފައިވެ އެވެ.

މިސަބަބާ ގުޅިގެން ހަމާސްގެ އިސް އޮފިޝަލުން ވަނީ، ސުލްހަ ގާއިމު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން، އިޒްރޭލުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުވުމަށް އިތުރަށް ޕްރެޝަރު ކުރުވުމަށް އެދިފަ އެވެ. އަދި އިޒްރޭލުން އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ބިންތައް ފޭރި ހަމަލާތައް ދެމުންދާނަމަ، އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ހުރި ކަންކަން ނުފެށޭނެ ކަމަށްވެސް ހަމާސްއިން ބުނެފައިވެ އެވެ.

ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފޭސްގައި ހިމެނެނީ، ހަމާސްއިން ރަހީނުކުރި މީހުންނާއި އިޒްރޭލުގެ ހައްޔަރުގައި ތިބި ޣައްޒާގެ ރައްޔިތުން ދޫކުރުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައިވާ ކަންކަމަކީ، ހަމާސް ހިންގުން ހުއްޓާލާ، ހަތިޔާރު ބެހެއްޓުމެވެ. އަދި ޣައްޒާ ދޫކޮށް ދާން ބޭނުންވާ ހަމާސްގެ މީހުންނަށް އެ ފުރުސަތު ހުޅުވާލަންވާނެ ކަމަށާއި އެއްބަސްވުމުގެ ދަށުން އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ވަގުތުން ވައްދަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާ ވަގުތީގޮތުން ބަލަހައްޓާނީ ބައިނަލްއަޤްވާމީ ބޯޑެއްގެ ދަށުން އުފައްދާ ހާއްސަ ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަދި ޓްރަމްޕް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެކިއެކި ފިއްތުންތަކާހެދި ޓޯނީ ބްލެއަރ މިހާރު އެ ކޮމިޓީން އެކަހެރި ކޮށްފައިވާ ކަމަށްވެސް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިެވ އެވެ. އެއްބަސްވުމުގެ ދަށުން ޓްރަމްޕްގެ އިގްތިސާދީ ޕްލޭނާއެއްގޮތަށް ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ސްޕެޝަލް އިކޮނޮމިކް ޒޯނެއްވެސް ކަނޑައެޅޭނެ ކަމަށް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނުގައި ބުނެފައިވެ އެވެ.

އިޒްރޭލް އިޒްރޭލް-ފަލަސްތީން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީން ގައްޒާ ހަނގުރާމަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ