މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުް (ސްޓެލްކޯ) އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއަދު ކަރަންޓު ކަނޑާލަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގާ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެންވެސް ކަރަންޓު ކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ.
އެ މަސައްކަތަށް ކަރަންޓު ކަނޑާލަނީ މާލެ ސިޓީ ދުނބުރި މަގު، ސީސަން މަގު ހިމެނޭ ސަރަހައްދުންނެވެ. މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ މިއަދު 14:00 އިން 16:00 އާ ދެމެދުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ ކަރަނޓުގެ ހިދުމަތް މެދުކެނޑުމުން ދިމާވެދާނެ އެންމެހައި ދަތިތަކަށް މާފަށް އެދޭ ކަމަށް ބުނެފަ އެވެ.
ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުނިން ދޭތެރެދޭތެރެއިން ކުރެ އެވެ.



