ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ކަލާފާނު ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓް ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުމަށް ކަރަންޓްގެ ހިދުމަތް މެދުކެނޑޭނީ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.
މިއަދު ހެނދުނުވެސް ވަނީ ސްޓެލްކޯގެ އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅާއި، މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފަ އެވެ. ކަރަންޓް ކެންޑިފައި ވަނީ، ހެނދުނު 06:00 އިން 06:30 އާ ދެމެދު އެވެ.
މާލެ ސަރަހައްދުގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރެ އެވެ.


