ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފައިވަނީ އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް) އިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އައިއޭއެސްއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އަދި އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރު އެވެ.
އައިއޭއެސްއެލްއިން ބުނި ގޮތުގައި މި މަސައްކަތް އީޕޯޗް އެސޯސިއޭޓްސްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ ދަށުން އެއާޕޯޓުގެ ޓާމިނަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރާވާފަ އެވެ. އެގޮތުން އެރައިވަލް ހޯލް ފުޅާކުރުމާއި، ޗެކިން ކައުންޓަރުތައް އިތުރުކުރުން އަދި ބެގޭޖް ބެލްޓްތައް އިތުރުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ޑިޕާޗާ ހޯލުގައި ކެފޭއެއް ހަދައި ޑިޕާޗަ ގޭޓްތައް އިތުރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. އައިއޭއެސްއެލްއިން ބުނީ ޑިޒައިން މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު އޮޕަރޭޝަނަށް ގެނެސްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ ބ. އަތޮޅުގެ އިތުރުން ރ. އަތޮޅަށް ދަތުރު ކުރާ ބައެއް ފަރާތްތަކުންވެސް ބޭނުން ކުރާ އެއާޕޯޓެކެވެ.
ބ. ދަރަވަންދޫ އައިއޭއެސްއެލްގެ އެމްޑީ އިބްރާހިމް އިޔާސް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މޯލްޑިވިއަން



