އައިސް ޕްލާންޓުތަކުގައި އައިސް ލިބެންހުރި މިންވަރު ”ކެޔޮޅު އެޕް“ މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި މިރޭ ބޭއްވި ޖަލްސާގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ.
”ކެޔޮޅު އެޕް“ މެދުވެރިކޮށް މި އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ފީޗަރ މެދުވެރިކޮށް، އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތައް އެނގޭނެ އެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި ދޯނިތަކަށް އައިސް ލިބޭނެ މިންވަރު އެނގޭނެ އިންތިޒާމުތައް ހުންނާނެ އެވެ.

އައިސް ޕްލާންޓުތަކުގައި އައިސް ލިބެންހުރި މިންވަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އޮންލައިންކޮށް ”ކެޔޮޅު އެޕް“ މެދުވެރިކޮށް އައިސް ޕްލާންޓުތަކުގައި އައިސް ލިބެންހުރި މިންވަރު ބެލޭނެ އިންތިޒާމު ހަމަޖެއްސުމުން މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއްވާނެ އެވެ.
މަސްވެރިންގެ ދުވަސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



