މިފްކޯ އިން ބޮޑު ކަންނެއްޔާ އެހެން މަސްވެރިކަމުގެ ތެރެއަށް ވަންނަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި، މިފްކޯ (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ) އިން ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ކަޅުބިލަ މަސް ނޫން އެހެނިހެން މަސްވެރިކަމުގެ ތެރެއަށް ވަނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މި ނިންމުން ހާމަކުރީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކި ވީޑިއޯ ރިޕޯޓެއްގަ އެވެ.

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އިބްރާހިމް އާތިފް ވިދާޅުވީ ރާއްޖޭގެ ކަނޑަކީ މުއްސަނދި ކަނޑެއް ކަމަށާއި، ރާއްޖޭގެ ކަނޑުގައި ހުރީ ހަމަ އެކަނި ކަޅުބިލަ މަހާއި ކަންނެލި ނޫން ކަމަށެވެ. އެހެންކަމުން، ކަޅުބިލަ މަސް މޫސުމުގައި ބާނާ މަހުގެ ވިޔަފާރީގެ މައްޗަށް ބަރޯސާކުރެވިފައިވާ ކުންފުންޏަކަށް ވެގެން އޮތުމުގެ ބަދަލުގައި، އެ ހަނިކަމުން ނުކުމެ، ބޮޑު ކަންނެލީގެ ވިޔަފާރި ތެރެއަށް އަލުން ވަނުމަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.

”ކަޅުބިލަމަސް މޫސުމުގައި ބާނާ ކަޅު ބިލަ މަހުގެ ވިޔަފާރީގެ މައްޗަށް ބަރޯސާކުރެވިފައިވާ ކުންފުންޏަކަށް އޮތުމުގެ ބަދަލުގައި އެ ހަނިކަމުން ނުކުމެ އަލުން އަނބުރާ ބޮޑު ކަންނެލީގެ ވިޔަފާރި ތެރެއަށް ވަނުމަށް އިރާދަކުރެއްވިއްޔާ އަވަސް ފިޔަވަޅުތައް އެޅޭނެ،“ އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ އެހެނިހެން ބާވަތްތަކުގެ ވިޔަފާރިއަށް ވަދެ އެކްސްޕޯޓުން ފައިދާ ހޯދުމަށް ވެސް މިފްކޯއިން ނިންމާފައިވެ އެވެ. އާތިފް ފާހަގަކުރެއްވި ގޮތުގައި މެރިކަލްޗާ (ކަނޑުގައި ދިރުންތައް ބޮޑުކުރުން) ކުރެވޭކަން އެނގުނު ކަމުގައި ވީ ނަމަވެސް، އޭގެއިން ވިޔަފާރިކުރެވޭކަން އަދި ސާބިތުކުރެވިފައި ނުވެ އެވެ. އެހެންކަމުން، މިފްކޯއިން ވަނީ ވިސްނުންތެރިކަމާއެކު މެރިކަލްޗާގެ ވިޔަފާރީގެ ތެރެއަށް ވަދެ، ’ޕްރީ ސީ ޑައިވާސިފިކޭޝަން‘ ގެ ތެރެއަށް ވަނުމަށް ވެސް ނިންމާފަ އެވެ.

އާތިފް ވިދާޅުވީ އެ ކުންފުންޏަކީ ގަދަ ކަނޑުގަ ވެސް، ރޯޅި އަންނަ ދުވަހުވެސް އޮޑިއަށް މާ ބޮޑު ގެއްލުމެއް ނެތި ކުރިއަށް ހިނގާނެ ސީދާ، ސާދާ އަދި ގާބިލްކަންމަތީ ހިނގާނެ ކުންފުންޏަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.

މިފްކޯ އަކީ ފެށުނީއްސުރެ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށް ވާއިރު، ކޮންމެ އަހަރަކުވެސް ސަރުކާރުތަކުން އެ ކުންފުންޏަށް ސަބްސިޑީ ދޭން ޖެހެ އެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މިފްކޯ އަކީ ފައިދާ ވާ ކުންފުންޏަކަށް ހެދުމެވެ. މިފްކޯގެ މި އާ ސްޓްރެޓެޖިކް ނިންމުންތަކަކީ އެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

މަސްވެރިންގެ ދުވަސް މަސްވެރިކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ