ވެނެޒުއޭލާގެ ތެޔޮޓެންކަރެއް އެމެރިކާއިން ހިފަހައްޓައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެނެޒުއޭލާގެ ތެޔޮޓޭންކަރެއް އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ވެނެޒުއޭލާގެ މި ތެޔޮ ޓޭންކަރު އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެގައުމުގެ އަސްކަރިއްޔާ ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ތެޔޮ ޓޭންކަރު ހިފެހެއްޓުމަށް ހިންގި އޮޕަރޭޝަންގައ،ި ހެލޮކޮޕްޓަރެއްގައި އެމެރިކާ ސިފައިން ތެޔޮ ޓޭންކަރު އޮތް ތަނަށްގޮސް ހަތިޔާރާ އެކު ޓޭނަކަރަށް އަރައި ޓެންކަރު ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ތެޔޮ ޓޭންކަރު އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި މިއީ ވެނެޒުއޭލާއިން ތެޔޮ އުފުލުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ޓޭންކަރު ކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިކަމަށް ރައްދުދީ ވެނެޒުއޭލާ ސަރުކާރުން ބުނެފައިވަނީ މިއީ އެމެރިކާއިން ކުރި ވައްކަމެއް ކަމަށާއި، އެމެރިކާގެ މި އަމަލަނީ ކަނޑުފޭރުމުގެ އަމަލެއް ކަމަށެވެ. އަދި މި މައްސަލަ ކަމާބެހޭ ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޓްރަމްޕް ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެމެރިކާއިން ވެނެޒުއޭލާ ހިފާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. އަދި ވެނެޒުއޭލާ ސަރަހައްދަށް އެމެރިކާގެ އަސްކަރީ އުޅަނދުތައް ޖަމާކޮށްފައިވާއިރު، ވެނެޒުއޭލާއިން މަސްތުވާތަކެތި ހިފައިގެން އެމެރިކާއަށް ދަތުރުކުރާ ކަމަށް ތުހުމަތުކުރާ ބޯޓު ފަހަރަށް އެމެރިކާއިން އަންނަނީ ހަމަލާދެމުންނެވެ.

2019 ގައި އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފެށިއިރު މިއީ ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާ ވެނެޒުއެލާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ