ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ފޯރުކޮށްދޭ އިމާރާތް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ”ހޮބާ“ ހޯދުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ވެމްކޯއާއެކު ސޮއިކޮށްފި އެވެ.
ފުލުހުންގެ ހިދުމަތާއި ވެމްކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ވެމްކޯގަ އެވެ.
ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އަދި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާއިފް އެވެ.
ފުލުހުން ބުނެފައިވަނީ، މި އެއްބަސްވުމަކީ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ވެމްކޯއިން ތައާރަފްކޮށްފައިވާ ”ހޮބާ“ ޚިދުމަތް ހޯދުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
”ހޮބާ“ ޚިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި، އޮފީސްތަކާއި، އިދާރާތައް އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަންތަން ފޮޅާ ސާފު ކުރުމަށް ވެމްކޯއިން ތައާރަފު ކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ދިވެހި ފުލުހުންގެ ޚިދުމަތް



