ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދިޔަ ދެ ތަނެއް ބަންދުކޮށް، ބަޔަކު ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައިފާސްކޮށް، އޭގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، އަދި ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މިއަދު ހިންގި މި އޮޕަރޭޝަންގައި ބައިވެރިވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި، ފުލުހުންނާއި، އިމިގްރޭޝަން އަދި ކަސްޓަމްސް އެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، ބަލައިފާސްކުރި 10 ތަނުގެ ތެރެއިން ދެ ތަނެއް ވަނީ ބަންދުކުރެވިފަ އެވެ. މި ދެ ތަނަކީ ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަންކަން ފާހަގަކުރެވިފައިވާއިރު، އެ ތަންތަނުން ދުންފަތުގެ ބާވަތްތައް ވެސް ފެނިފައިވެ އެވެ. މީގެ އިތުރުން، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވެ އެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގެ 11 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ވެސް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.

މިދިޔަ ހަފްތާގައި ވެސް މިފަދަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފަ އެވެ. އެގޮތުން، ތާހިރު ނޫން ތަންތަނުގައި ކާތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީންތަކެއް ވަނީ އަތުލައިގެންފަ އެވެ.

ނިދާ ތަނުގެ ތެރޭގައި ކުރުނބާ ފަނި ފުޅީގައި ބަންދުކޮށްގެން ވިއްކި ދެ ބިދޭސީއަކު ހައްޔަރުކުރުމުގެ އިތުރުން، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި، ބިދޭސީން ދިރިއުޅޭ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށްފަހު ގަވާއިދާ ޚިލާފަށް އުޅުނު 18 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައިގެން ވިއްކަމުން ދިޔަ އެތައް ބިދޭސީންނެއް މީގެ ކުރިން ވެސް އަތުލައިގެން ޑީޕޯޓްކޮށްފައިވެ އެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ، އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް މިދިޔަ ހަފްތާގައި އެދިފަ އެވެ. ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު، ނުވަތަ 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ބިދޭސީން އިމިގްރޭޝަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ