އއ. ބޮޑުފޮޅުދޫގައި ކުރިޔަށްގެންދިޔަ އިބަމަ ފޯރަމް ނިންމާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ. ބޮޑުފޮޅަދޫގައި 3 ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ފޯރަމް ނިންމާލައިފި އެވެ.

މި ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އިބަމަ ފޯރަމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން އަދި ކާޑް ހަވާލު ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުފޮޅަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި ނިމިގެންދިޔައީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށާއި، މި ޕްރޮގުރާމްގެ އަލީގައި އެތަށް ނަތީޖާތަކެއް ނެރެވިދާނެ ކަމަށެވެ.

މި ޕްރޮގުރާމްގެ ބައިވެރިންނަށް ވަނީ އިބަމަ އަކީ ކޮބައި ކަމާއި، އިބަމަ މެންބަރުންގެ މައްސޫލިއްޔަތާއި ޒިންމަތަށް ކިޔާދީފަ އެވެ. އަދި އިބަމައިން ރަށްރަށުގައި އަދާކުރަންޖެހޭ ދައުރާއި، އިބަމައިގެ މެންބަރުންގެ މަސައްކަތުގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި އެކި ކަހަމަ މުއުލޫމާތާއި ހުނަރު ދަސްކޮށްދިނުމުގެ ހަރަކާތްތަކެއް ވަނީ މި ޕްރޮގުރާމްގައި ދަސްކޮށްދީފަ އެވެ.

މީގެ އިތުރުން، އއ. އަތޮޅުގެ ރަށްތަކުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރުދުން ދެނެގަނެވޭނެ ގޮތްތަށްވެސް ކިޔާދީފަ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި އއ. އަތޮޅުގެ 8 ރަށަކުން ޖުމްލަ 33 މީހުން ބައިވެރިވެފައިވެ އެވެ. ބައިވެރިންގެ ތެރޭގައި ސޯޝަލް މިނިސްޓްރީގެ އިސްވެރިންނާއި، އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ އިސް ވެރިންނާއި، އެއަތޮޅުގެ އަންހުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސް ފަރާތްތައް ހިމެނެ އެވެ.

ފޯރަމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރުދުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، ފަޚުރުވެރި އާއިލާއެއް ބިނާކުރުމެވެ.

މި ތަމްރީން ޕްރޮގުރާމް ނިންމާލެވިފައިވާއިރު ސޯޝިއަލް މިނިސްޓްރީއިން ބުނީ، ދެން ކުރިޔަށްގެންދާނީ މި ޓްރެއިނިން ޕްރޮގުރާމްގައި ބައިވެރިވި ރަށްރަށަށް ޒިޔާރަތްކޮށް އެ ރަށްރަށުގަ މެޕިންގެ މަސައްކަތް ކުރުން ކަމަށެވެ.

މެޕިންގެ މަސައްކަތަކީ ރަށްރަށުގައި ދިރިއުޅެމުން އަންނަ ނާޒުކު ހާލަތުގައި ތިބި ފަރާތްތަށް ދެނެގަނެ އެފަރާތްތަކަށް އެ ފަރާތްތަކަށް އެހީތެރިވެދެވޭނެ ގޮތްތަށް ދެނެގަނެ އެ ފަރާތްތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތަށްތަށް ދެނެގަތުމެވެ.

އއ. ބޮޑުފޮޅުދޫ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ