ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ ރަސްމީކޮށް ތައާރަފްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގ 2025–2028 ސޯޝިއަލް މިނިސްޓްރީން ޔުނެސްކަޕްއާ ގުޅިގެން ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

ސޯޝިއަލް މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ކަރާމާތާއި ރައްކާތެރިކަން ހިމެނުމާއި އެކު މުސްކުޅިވުން ކަށަވަރު ކުރުމުގެ މަލްޓި ސެކްޓަރ ރޯޑްމެޕެއް ކަމަށްވާ ނޭޝަނަލް އެކްޝަން ޕްލޭން އޮން އެޖިންގ ރަސްމީކޮށް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ޕްލޭނަކީ މުސްކުޅިވުމާބެހޭ ޤައުމީ ސިޔާސަތު، ކޮންކްރީޓް ފިޔަވަޅަކަށް ތަރުޖަމާކޮށް، އެންމެންނަށް ސިއްހަތު ރަނގަޅު، ހީވާގި، އަދި ހައްގުތަކަށް ބިނާކޮށް މުސްކުޅިވުމަށް މިނިސްޓްރީގެ ވައުދު ވަރުގަދަކޮށްދޭ ޕްލޭނެއް ކަމަށްވެސް ބުނެފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސޯޝިއަލް މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވީ، އަންނަން އޮތް ޖީލުތަށް ރައްކާތެރިކޮށް، އުފުލާ ނިޒާމެއް ވާރުތަވާނެ ގޮތަށް ރަނގަޅު ބިންގަލެއް އެޅުމުގެ މުހިންމުކަން، އަވަސްކަމާއެކު، ސަރުކާރުން ދެނެގަނެވިފައިވާ ކަމަށެވެ.

އެގޮތުން، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް މިދަނީ ސާފު ތަސައްވުރަކާއެކު، ކަރާމާތާއި، ހިމެނުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތު ދަމަހައްޓާ އަޅާލާ މުޖުތަމައެއް އުފެއްދުމުގައި ބިނާވެފައިވާ ތަސައްވުރު ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ މީހުންގެ އުމުރު ކަރާމާތާއި، ރައްކާތެރިކަމާއި، ހިމެނުމާއި އެކު އުމުރު ދުވަސް ކަށަވަރުކުރުމަށްޓަކައި 4 އަހަރުގެ، މަލްޓި ސެކްޓަރ ރޯޑްމެޕެއް (2025–2028) ފޯރުކޮށްދިނުން އަދި މުސްކުޅިވުމުގައި އިންސާނީ ހައްގުތަކަށް ބިނާކޮށް ގެންގުޅޭ އުސޫލެއް ހަރުދަނާކޮށް، ރައްކާތެރިކަން ކުރިއެރުވުން ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ