ސޯޝިއަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ އިސްވެރިން އއ. ބޮޑުފޮޅުދޫ ކައުންސިލްއާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ސްޓެލްކޯގެ އިސްވެރިން، ފުލުހުންގެ އިސްވެރިން އަދި ބޮޑުފޮޅުދޫ ސްކޫލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ސޯޝިއަލް މިނިސްޓްރީއިން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ކުރިޔަށްގެންދާ އުފާވެރި ރާސްތާ ޕްރޮގުރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަށްވާފަ އެވެ. އަދި މިނިސްޓްރީއިން ކުރިޔަށް ގެންދިއުމަށް ރޭވިފައިހުރި ޕްރޮގުރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރަށްވާފަ އެވެ.
އެގޮތުން، ބޮޑުފޮޅުދޫ ކައުންސިލުން ވަނީ އެ ރަށަށް ދިމާވެފައިހުރި ދަތިތަކާ ގުޅޭ މައުލޫމާތު ސޯޝިއަލް މިނިސްޓްރީއާއި ހިއްސާ ކުރަށްވާފަ އެވެ.
މީގެ އިތުރުން، ސޯޝިއަލް މިނިސްޓްރީއިން ވަނީ، ބޮޑުފޮޅުދޫ ކައުންސިލުން އިސްނަގައިގެން އިޖްތިމައީ ބަދަހި މަދަދުވެރިން (އިބަމަ) އއ. ބޮޑުފޮޅުދޫގައި ކުރިޔަށް ގެންދިޔުމުގެ އިންތިޒާމްތަށް ހަމަޖެއްސުމުން ކައުންސިލަށް ޝުކުރު ދަންނަވާފަ އެވެ.
އއ. ބޮޑުފޮޅުދޫ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް


