ރައީސް މުއިއްޒު މިރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައިސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ އެވެ.

މި ބައްދަލުކުރެއްވުން މިރޭ އޮންނާނީ 08:30 ގައި ސޯޝަލްސެންޓަރުގަ އެވެ.

ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރައްވާ ފުރަތަމަ ބައްދަލުވުން ހާއްސަ ކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ރައީސް އޮފީހުން ވަނީ އަރުވާފަ އެވެ.

ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވަނީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އަދި މާދަމާ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރައީސް މިހާރު ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅި އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ބައްވަވާ މި ބައްދަލުވުންތަކުގެ ތެރެއިން އެކި ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާ ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި މި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރައްވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ