ކުށަށް އިއުތިރާފުވުމުން އިމިގްރޭޝަންގެ އަލްސަންއަށް ދެ މަހުގެ ހުކުމެއް، ތަންފީޒު ކުރާނެ އަދަބެއް ނެތް

Advertisement

އެންމެ ފަސް

Advertisement

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އަލްސަން އިސްމާއިލް ކުށަށް އިއުތިރާފުވުމުން ދެ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ތ.ބުރުނި / މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) ގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

މި ދައުވާއަށް އަލްސަން އިއުތިރާފުވެ ވަނީ އިއުތިރާފު އެއްބަސްވުމެއް ދައުލަތާއެކު ހަދާފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދެ މަހާއި ތިން ދުވަހަށް ޖަލަށް ލުމާއެކު 45،000 ރުފިޔާގެ ޖުރިމަނާ ކުރުމަށެވެ.

މިި މައްސަލައިގައި އަލްސަން ބަންދުގައި ހުރި މުއްދަތު ޖަލު ހުކުމަށްވުރެ ދިގުވުމުން އޭނާ ތަންފީޒު ކުރާނޭ ޖަލު އަދަބެއް ނެތެވެ.

މި މައްސަލައިގައި އަލްސަން ހައްޔަރުކޮށްފައިވަނީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަޙީދު އަދި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކަކާ އެކު އެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ:

  1. ގ.ލިޓޯނިޔާ، މުޙައްމަދު ޝަމްޢާން ވަޙީދު
  2. ގ.ހެޕީ ސައިޑް، އިބްރާހީމް އަޙްމަދު
  3. ތ.ބުރުނި، މޫނިމާގެ، މުޙައްމަދު އަލްސަން އިސްމާޢީލް
  4. ގ.ހެޕީސައިޑް، ޙަސަން ސެހެޝާން
  5. މ. ހަޒާރީވިލާ، އަޙްމަދު ލައްސާން

މި މައްސަލައިގައި ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

މައްސަލައިގައި ދެން ހިމެނޭ މީހުންގެ މައްޗަށް މައިގަނޑު ގޮތެއްގައި އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓު އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ