ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ފަސް ބޭފުޅުން އައްޔަނު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ފަސް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް 5 ބޭފުޅުން އައްޔަނު ކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަނު ކުރައްވާފައިވަނީ:

  1. ސ.ހިތަދޫ މާވަހި، ހަސަން ނާސިހް އަހްމަދު
  2. ށ.ކޮމަންޑޫ ޗަމަން، އުސާމާ މޫސާ
  3. ހމ.ފްލެޓްނަންބަރު 02-2-88، އާއިޝަތު އިޝާ
  4. ގއ.ނިލަންދޫ ގަސްދޮށުގެ، ޝިފްޒާ އަބްދުލްޤައްޔޫމް
  5. ގދ.ގައްދޫ ބީޗްކޯނަރ، އަހްމަދު ޔާމީން

ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. ޓްރައިބިއުނަލްއިން ބެލުމަށް ޤާނޫނުގެ ދަށުން ކަނޑައަޅާ މައްސަލަތައް ބަލައި ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެމައްސަލަތައް ނިންމުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެ އެވެ.

ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްހޫއްިޔާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ޓެކްސް އެޕީލް ޓްރިބިއުނަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ