ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް މިހާތަނަށް 3000 ޓަނުގެ ކާގޯ އުފުލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، 15 މެއި 2024 އިން 7 ނޮވެންބަރ 2025 ގެ ނިޔަލަށް ސީ-ޓު-އެއަރ ކާގޯގެ ހިދުމަތައް 17 އެއަރލައިނަކުން ގުޅިފައިވާ ކަމަށާއި، ވައިގެ މަގުން 24 ގައުމަކަށް މުދާ ފޮނުވާފައިވާ ކަމަށެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ސީ-ޓު-އެއަރ ކާގޯއިން 3617 ޓަނުގެ ކާގޯ އުފުލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވެ އެވެ.
ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ފަށާފައި ވަނީ 15 މެއި 2024 ގަ އެވެ. ސީޓު އެއަރ ކާގޯގެ ހިދުމަތަކީ، ކަނޑު މަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމު ތަކަށް ފޮނުވުމެވެ. މި މަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ގެނެސްދޭ މަސައްކަތެކެވެ.
ސީ-ޓު-އެއަރ ކާގޯ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެންނެވެ. މި ހިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.
އެމްއޭސީއެލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
