ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަފީއު މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު އެ ސްކޫލްގެ މަސައްކަތުގެ 94 އިންސައްތަ ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށްޓަކައި ސްކޫލް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
1500 ދަރިވަރުންގެ ޖާގައިގެ މި ސްކޫލްގައި 54 އޭސީކޮށްފައިވާ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް ހިމެނެ އެވެ. މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) ޢަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާ ހަވާލުކޮށްގެންނެވެ.
ޝަހީދު ޢަލީ ސްކޫލަކީ މި ސަރުކާރުން އިއުލާނުކޮށް ތަރައްގީކުރަން ފެށި ފުރަތަމަ ސްކޫލް އެވެ. މި މަޝްރޫޢު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން
