ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައި ސުކޫލް ހުޅުވައި، ކިޔަވައިދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތުވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފި އެވެ.

އެ ސުކޫލުގެ ކިޔެވުން ފެށުމަށް ޕޮލިޓެކްނިކްގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މިއީ ޢިލްމީ ހުނަރުވެރި ޒުވާން ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެއްކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ތަޢުލީމީ ދާއިރާއިން ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދޭ ފުރުޞަތުތައް މިހާތަނަށް އޮތީ ވަރަށް ހަނިކޮށެވެ. އެހެންކަމުން، މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ސަރުކާރުން އެޅުއްވި ވަރަށް ބޮޑު ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވޮކޭޝަނަލް ހައި ސްކޫލްގެ ނަމުގައި އާ ސްކޫލެއް އެސްޓޭބްލިޝްކުރެވިގެން މި ފެށުނީ 60 ދަރިވަރުންނާއެކު ކަމަށާއި، ކުރިމަގުގައި ވޮކޭޝަނަލް ޕާތްވޭއިން 500 ކުދިންނަށް ފުރުޞަތު ދިނުމަކީ ޢަމާޒު ކަމަށެވެ.

މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ، އޭ ލެވެލްއަށް ކިޔަވައިދޭ ރަސްމީ އޮނިގަނޑުގެ ދަށުން، އާ ލޯގާއަކާއެކު، ސަރުކާރުގެ އާ ސްކޫލެއްގެ ގޮތުގަ އެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، މި ސްކޫލުގައި އޭލެވެލް ވޮކޭޝަނަލް އިސްލާމް އަދި ދިވެހި މާއްދާއަކީ މަޖުބޫރު ދެ މާއްދާ ކަމަށާއި، ފުރުޞަތު ހުޅުވާލި ވޮކޭޝަނަލް ދާއިރާތަކުން އެ ކުއްޖަކު އިޚްތިޔާރުކުރި ދާއިރާއިން ކުރިއަށްދެވޭނެ ކަމަށެވެ. އަދި ޓެކްނިކަލް ހުރިހާ ބައިތައް ގެންދާނީ ޕޮލިޓެކްނިކްގެ ފެސިލިޓީތަކާއި ފެސިލިޓޭޓަރުން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ފުރަތަމަ ބެޗްގެ 60 ކުދިން 5 ޕްރޮގްރާމަކުން ތަމްރީންވާނެއެވެ. އެއީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިނިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓެވެ. މި ޕްރޮގްރާމްތަކުގައި މަސައްކަތުގެ މާޙައުލުގެ ތަޖުރިބާތައްވެސް ދޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ މާލެ ވޮކޭޝަނަލް ހައި ސްކޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ