ބޮޑު ތަކުރުފާނު މަގުގައި އެކްސިޑެންޓް ހިނގާ ސަރަހައްދެއް، ސަމާލުވާން އެދިއްޖެ!

Advertisement

އެންމެ ފަސް

Advertisement

ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކް ކައިރީގައި ހަދާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާތީ އެ ތަނުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިކަން ހާމަ ކޮށްފައި ވަނީ، އެކްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ފުލުހުން ބުނެފައި ވަނީ، ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، އެ މަގުން ދުއްވާ މީހުންނާއި މަގު ހުރަސް ކުރާއިރު އިތުރަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، އެ ސަރަހައްދުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބަހައްޓަން ފުލުހުން ވަނީ އެދިފަ އެވެ.

”ތިބާގެ ސަމާލުކަމުގެ ސަބަބުން ތިބާގެ ފުރާނަ ސަލާމަތް ކުރެވިދާނެ. މަގުތައް އެންމެންނަށް ރައްކާތެރި ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،“ ފުލުހުންގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ފުލުހުން ވަނީ، ގިނައިން އެކްސިޑެންޓު ހިނގާ ސަރަހައްދެއްކަން އެނގޭނެ ބޯޑެއް ބަހައްޓާފަ އެވެ.

އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ