މުސާރަ ދަށްވުމުން މުވައްޒަފުން ހަރުނުލާ: މީރާ

Advertisement

އެންމެ ފަސް

Advertisement

މީރާގެ މުވައްޒަފުންގެ މުސާރަ ދައްވުމުގެ ސަބަބުން އެކަން މުވައްޒަފުން ފާހަގަކުރާ ކަމަށާއި އަދި މުވައްޒަފުން ވަޒީފާގައި ހިފެެހެއްޓުން އުނދަގޫވާ ކަމަށް މީރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ މީގެ ކުރިން 10 ވަަރަކަށް އަހަރު މީރާއަށް ބަޖެޓްގެ ގޮތުގައި 120 މިލިއަން ލިބޭކަން ޒަރީރު ފާހަގަކުރެއްވި އެވެ. މިއަހަރުވެސް ބަޖެޓް ސީލިންގްގެ ގޮތުގައި 120 މިލިއަން އޮތްނަމަވެސް މީރާގެ ބަޖެޓްގެ ގޮތުގައި ބަޖެޓް ފޮތުގައި ހިމަނާފައިވަނީ 116 މިލިއަން ރުފިޔާކަން ޒަރީރު ފާހަގަކުރެއްވި އެވެ.

އެގޮތުން މުވައްޒަފުންގެ މުސާރައިން 3 މިލިއަން ވަރު އުނިކޮށްފައިވާކަން ޒަރީރު ފާހަގަކުރެއްވި އެވެ. މިރާގައި މުވައްޒަފުން ހިފެހެއްޓުމުގައި ދަތިވެފައިވާކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު ގޮންޖެހުމަކީވެސް މުސާރަ ކަމަށެވެ.

މީރާގެ އޮނިގަނޑުގައި 370 މަގާމު އޮތްނަމަވެސް އެޕްރޫވް ކުރެވިފައިވަނީ 337 މަގާމު ކަމަށާއި މިވަގުތު ތިބީ 290 ވަރަކަށް މުވައްޒަފުންކަން ޒަރީރު ފާހަގަކުރައްވި އެވެ. އަދި މީރާއިން މިހާރު މަސައްކަތް ކުރަމުންދަނީ 43 މުވައްޒަފުން މަދުކޮށްކަމަށް ވިދާޅުވި އެވެ. މީރާގެ ބަޖެޓުން މުސާރައިން އުނިކޮށްފައިވާ ތިން މިލިއަން ރުފިޔާއަކީ މިވަގުތު މީރާގައި ނެތްނަމަވެސް ކޮންމެހެން ބޭނުންވާ މުވައްޒަފުންކަން ޒަރީރު ފާހަގަކުރެއްވި އެވެ.

ދައުލަތުގެ އެހެން ތަންތަނާ އަޅާބަލާއިރު ފަންނީ މަސައްކަތްކުރާ މިރާގެ މުވައްޒަފުންގެ މުސާރަ ދަށްކަން އެ މުވައްޒަފުން ފާހަގަކުރާ ކަމަށާއި އެކަމަކީވެސް މުވައްޒަފުން ހިފެހެއްޓުމުގައި އޮތްދަތިކަމެއްކަން ޒަރީރު ފާހަގަކުރެއްވި އެވެ.

ޒަރީރު ވިދާޅުވީ މީރާއިން ކުއްޔަށް ހިފާފައިވާ ތަންތަނުގައި 150 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. ބައެއް ތަންތަނުގައި 50 މުވައްޒަފުން އެއް ފާޚާނާއެއް ބޭނުންކުރަންޖެހުން ފަދަ ކަންކަން ދިމާވާ ކަމަށާއި މިކަންކަމަކީވެސް މުވައްޒަފުންގެ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަކުރެއްވި އެވެ.

ގޮންޖެހުންތަކާއެކުވެސް މީރާއިން ރަނގަޅު ޕާފޯމަންސެއް ދައްކަމުންދާކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ ފަންނީ މުވައްޒަފުން ހިފެހެއްޓުމުގައި ހުރި ގޮންޖެހުމަށް ހައްލެއް ނުލިބޭނަމަ މީރާގެ ޕާސޯމަންސް ނުހިފެހެއްޓޭނެ ކަމަށެވެ.

ބަޖެޓް 2026 ބަޖެޓް ކޮމިޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މީރާ ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ