މޯލްޑިވްސް ޓެކްސް ފޯރަމް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ މޯލްޑިވްސް ޓެކްސް ފޯރަމް މިއަދު ފަށައިފި އެވެ.

މީރުމާ ހޯލްގައި މިއަދު ފެށި މި ފޯރަމް ޝަރަފުވެރި ކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް އެވެ. އަދި ހެނދުނު 8:30 އިން ހަވީރު 16:00 އަށް ކުރިޔަށްގެންދާ މި ފޯރަމްގައި 150 އެއްހާ ފަރާތުން ބައިވެރިވެފައިވާ ކަމަށް ސީއޭ މޯލްޑިވްސް އިން މައުލޫމާތުދީފައިވެ އެވެ.

މި ފޯރަމް ކުރިޔަށްދަނީ ”ޝޭޕިން އަ ސްމާޓަރ ޓެކްސް ފިއުޗަރ ޓުގެދާ“ ގެ ޝިޔާރަށެވެ. ޓެކްސް، އެކައުންޓިން، އޮޑިޓް ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމްގައި ޓެކުހާ ގުޅިގެެން ހުންނަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ރާއްޖެ އަދި ބައިނަލްއަގުވާމީ ޓެކުހާ ގުޅޭ ސިޔާސަތުތަށް އެކުލަވާލާ ފަރާތްތަކާއި، ފަންނީ ބޭފުޅުން މެދުވެރިކޮށް، މަޝްވަރާތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސީއޭ މޯލްޑިވްސްއިން މައުލޫމާތުދީފައިވެ އެވެ.

މީގެ އިތުރުން، މި ފޯރަމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މަގުސަދަކީ ޓެކުހާގުޅިގެން އުފެދޭ ސުވާލުތަކާ ގޮންޖެހުންތަކާމެދު މަޝްވަރާކުރުމާއި ހިޔާލު ބަދަލުކުރުން ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުނެފައިވެ އެވެ.

މި ފޯރަމްގެ ތެރެއިން ޓެކުހާއި ގުޅިގެން ހުންނަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ޓެކުހާ ގުޅޭ ސިޔާސަތުތަށް އެކުލަވާލާ ފަރާތްތަކާއި ޓެކްސް އޮޕަރޭޝަނަލް އެއްމޭޒެއްގައިތިބެ ވަރަށްގިނަ މަޝްވަރާތައް ކުރިޔަށްދާނެ އެވެ. އަދި މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކުލަވާލާ ސީޔާސަތުތަކަކީ ޣްލޯބަލް ކޮންސެންސަސް ލިބި ގިނަ ގައުމުތަކަކުން ތަންފީޒުކުރާ ކަންކަމަށްވާތީ އެކުލަވާލައިފައިވާ އެންމެފަހުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި މަޝްވަރާތަށް މި ފޯރަމްގެ ތެރެއިން ކުރިޔަށް ގެންދެވޭނެ ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުނެފައިވެ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) މީރާ ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ