ފަންރަން ގައި ރެޖިސްޓާ ވެގެން ”ދަ ކޮފީ ބީން އެންޑް ޓީ ލީފް“ އިން ހާއްސަ އިނާމުތަކެއް!

Advertisement

އެންމެ ފަސް

Advertisement

އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވެގެން ”ދަ ކޮފީ ބީން އެންޑް ޓީ ލީފް“އިން ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރުގެ އުރީދޫ ފަން ރަން 2025 ގައި ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު ފަންކިޓު ތަކުގެ ތެރޭގައި ފޮރުވިފައި ވާނެ ކަމަށް އުރީދޫން މައުލޫމާތުދީފައިވެ އެވެ.

އެގޮތުން އުރީދޫ ފަން ރަން 2025 ގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތަތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓު ހޯދައިގެން ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫން މައުލޫމާތުދީފައިވެ އެވެ.

1 ގޯލްޑެން ސްވިރލް ޓިކެޓް ލިބޭ ފަރާތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައި ލިބޭނެ ކަމަށާއި، މި އެވޯޑު ލިބޭ ފަރާތަކަށް 19 ޑިސެމްބަރު 2025 އިން 30 ނޮވެމްބަރ 2026 ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫން ބުނެފައިވެ އެވެ.

5 ޕާޕަލް ޓިކެޓް ލިބޭ ފަރާތަކަށް ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫން ބުނެފައިވެ އެވެ. އަދި 244 ސިލްވަރ ޓިކެޓްއިން ބެވަރޭޖް އެއް ގަންނަ ކޮންމެ މީހަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެފައިވެ އެވެ.

ރަޖިސްޓްރޭޝަން އަދި ކިޓް އޮޕްޝަންސް:

  • ފަން ކިޓް: 210 ރުފިޔާ: ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.
  • ސްޓޭންޑާޑް ކިޓް: 110 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭ.

.ފަސްރަންގައި ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު 14 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް އުރީދޫން ވަނީ ހުޅުވާލާފަ އެވެ. މި ފަން ރަންގައި ބައިވެރިވާ ފަރާތްތަކުން ”ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް“ ގެ ޓިކެޓް ހޯދައިގެން ހާއްސަ އިނާމުތަކެއް ލިބިގެންދާނެ އެވެ.

އުރީދޫ އުރީދޫ ފަން ރަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ