ދިވެހި ހައްޖާޖީންގެ 50 ޕަސެންޓު ސައުދީ އެއާލައިންގައި ގެންދަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއިން ހައްޖަށްގެންދާ ހައްޖާޖީންގެ 50 ޕަސެންޓު ސައުދީ އެއާލައިންގައި ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އެވެ. އަދި ސަޢުދީ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައިވާ އެއާލައިން މެނޭޖަރު އިއްސަމް އަލް ހަބްސީ އެވެ.

ދިވެހި ޙައްޖާޖީންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް، ޙައްޖު ކޯޕަރޭޝަނާއި ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު ވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސައުދީގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ހާއްސަކޮށް ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ.

ހައްޖު ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ