މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގަންނަވައިފި

Advertisement

އެންމެ ފަސް

Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވައި އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެ ގައުމުގެ ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީ އިން ބުނި ގޮތުގައި މިނިސްޓަރު މައްކާގެ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ހިޒް އެކްސެލަންސީ ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވާ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުންވެސް މި ދަތުރުގެ ތެރެއިން މަޝްވަރާ ކުރައްވާނެ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހި ރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރު ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވިގެންނެވެ.

ހައްޖު ރާއްޖެ - ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އުމްރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ސައުދީ އަރަބިއްޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ