ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ: މިނިސްޓަރ

Advertisement

އެންމެ ފަސް

Advertisement

ހެޔޮ ވެރިއެއްގެ ކިބައިގައި އަމާނާތްތެރިކަމާއި އަދުލުވެރިކަން ގާއިމުކުރުމުގެ ގާބިލުކަން ހުންނަންވާނެ ކަަމަށް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އުމަރު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ، ދީނީ އަހުލާގަށް އިސްކަންދެއްވުމާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އިސްކަންދިނުމަކީވެސް ރަނގަޅު ވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކެއް ކަމަށެވެ.

ވަރުގަދަ ލީޑަރުންނަކީ އެބޭފުޅުންނަށް ގައުމުތަށް ބައްޓަން ކުރަށްވަން ލިބިވަޑައިގަންނަވާ ފުރުސަތުގައި އެބޭފުޅުން ނިންމަވާ ނިންމެވުންތަކުން ދިގު ރާސްޓާގައި އެގައުމުތަކަށް ކުރާނެ އަސަރުތަކައް ރިއާޔަތް ކުރަށްވައިގެން ވެރިކަން ކުރަށްވާ ބޭފުޅުންކަން ފާހަގަކުރަށްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

”އަނެއް ނުކުތާއަކީ ރަނގަޅު ހަރުދަނާ ވެރިއެއްގެ ސިފަތަކުގެ ތެރޭގައި ރަށްޔިތުންގެ ބޭނުންތަކަށް އިސްކަން ދިނުން. މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރާއެއް ކަމަކީ ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއް މިކަމުގައި ވުން. ރަށްޔިތުންގެ މަޝްވަރާ ހޯއްދަވާ ބޭފުޅެއް ކަމުގައިވުން.“

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންނަށް މަންފާ ހުރި ގޮތްތައް ގެނައުން ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރާ ވެރިއަކު ރައްޔިތުންނަށް ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ވެރިކަންކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

ހަރުދަނާ ވެރިއަކު ދުރު ރާސްތާއަށް ވިސްނަވައިގެން ކަންކަން ރާއްވަވައި، ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށާއި، މިފަދަ ހަރުދަނާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ޖުމްހޫރީ ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ