ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑަށް ފުރިހަމަ ރެކޯޑެއް

Advertisement

އެންމެ ފަސް

Advertisement

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ 2-0 ގެ ނަތީޖާއަކުން އަލްބޭނިއާ ބަލިކޮށް، އިންގްލެންޑުން ކޮލިފައިންގައި ފުރިހަމަ ރެކޯޑެއް ހޯދައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސާބިއާ ބަލިކޮށް، އިންގްލެންޑުން ވަނީ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްފައެވެ. މިއާއެކު، ތޯމަސް ޓުޗެލް ވަނީ އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުފައި ހަތް ބަދަލެއް ގެނެސްފައެވެ. އިންގްލެންޑުން ވަނީ ކޮލިފައިންގައި ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށްފައެވެ. އަދި ކޮލިފައިންގައި އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުގެ 74 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި އިންގްލެންޑަށް ކުރިހޯދަދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ ބުކާޔޯ ސަކާ ނަގައިދިން ކޯނަރަކުންނެވެ.

މެޗުގެ 82 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ކޭން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އެއީ އިންގްލެންޑް ގައުމީ ޓީމަށް ކޭން ޖަހައިދިން 78 ވަނަ ލަނޑެވެ.

މި މެޗުގައި ކޭން ލަނޑުތައް ޖެހުމުގެ ކުރިން ޖޫޑް ބެލިންހަމް އާއި ޖެރޮޑް ބޮވެން އަދި ސަކާ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ވޯލްޑް ކަޕް ކޮލިފައިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ