ފޭސް ރެކޮގްނިޝަން ސިސްޓަމުން ބިދޭސީންނަށް ވަޒީފާ ދީފައިވަނީ ކާކުކަން އެނގޭނެ: އިމިގްރޭޝަން

Advertisement

އެންމެ ފަސް

Advertisement

މިއަދު އިފްތިތާހު ކުރެވިގެންދިޔަ ފޭސް ރެކޮގްނިޝަން ސިސްޓަމް ’އެމް.އައި އައި.ޑީ ޗެކަރ‘ އިން ބިދޭސީންނަށް ވަޒީފާ ދީފައިވަނީ ކާކުކަން އެނގޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މި އެޕްލިކޭޝަނާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތައް ކަމަށެވެ. މިއަދު އިފްތިތާހުކުރެވިގެންދިޔަ އެޕްލިކޭޝަނުން ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ހިނދުން ހިނދަށް އެ ބިދޭސީއެއްގެ ޝަހްޝު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ޕާސްޕޯޓު، ވާރކް ޕާރމިޓް، އަދި ވީޒާގެ މަޢުލޫމާތުގެ އިތުރުން ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ލިބޭނެ ކަމަށެވެ.

”ވަޒީފާ ދޭ ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންވެސް މި އެޕްލިކޭޝަނުން ދެނެގަނެވޭނެ. ފޮޓޯގެ އިތުރުން، ބިދޭސީއެއްގެ ޤައުމީ ނިސްބަތާއި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓު ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ވެސް ދެނެގަނެވޭނެ.“ އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޤާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާއަކުން މި އެޕްލިކޭޝަންގެ ބޭނުންކުރެވޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށާއި މުސްތަޤްބަލުގައި ކައުންސިލްތަކުން ވެސް މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުން ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ. މި މަޤްސަދު ހާސިލުކުރުމަށްޓަކައި، ’ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް‘ އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގިނަގުނަ އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން، މިހާތަނަށް މި ސަރުކާރުގެ މަސައްކަތުން 9,000 އަށްވުރެ ގިނަ ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ އަޙުމަދު ފަސީހު މޯލްޑިވްސް 2.0

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ