ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ސިޓީސް، މިނިސްޓްރީއިން ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބާއްވާފައެވެ.
މި އެއްބަސްވުމުގައި ސިޓީސް، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑީރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރެވެ.
މި މަސައްކަތް ހަވާލުކުރެވުނު ރަށްތަކަކީ:
- ހއ. މޮޅަދޫ އަދި ފިއްލަދޫ،
- ހދ. ހަނިމާދޫ، ނޮޅިވަރަމް
- ށ. ކަނޑިތީމު، މިލަންދޫ
- ނ. ޅޮހި
- ރ. ހުޅުދުއްފާރު، މާކުރަތު، ކިނޮޅަސް، އިންނަމާދޫ، އިނގުރައިދޫ، ފައިނު،
- ބ. ފެހެންދޫ، އަދި ކުޑަރިކިލު
- ވ. ފުލިދޫ، ކެޔޮދޫ،
- ދ. މީދޫ
- ތ. ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ
- ލ. މާބައިދޫ، ދަނބިދޫ، މުންޑޫ
- ގއ. ވިލިނގިލި، ކަނޑުހުޅުދޫ
- ގދ. ގައްދޫ
- ސ. ހުޅުދޫ، ހިތަދޫ 1، ހިތަދޫ 2، މަރަދޫފޭދޫ، ފޭދޫ
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މި މަޝްރޫޢުގައި ޖުމްލަ 57 ރަށެއް ހިމެނެ އެވެ. އޭގެ ތެރެއިން 52 ރަށުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. މި މަސައްކަތްތައް ބަހާލެވިފައިވާ ފުރަތަމަ ބެޗުގައި 12 ރަށް ހިމެނެ އެވެ. އޭގެ ތެރެއިން 6 ރަށުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، 4 ރަށެއްގެ މަސައްކަތް އެމްޓީސީސީއާ އަދި 2 ޕާކުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ސިޓީސް މިނިސްޓްރީއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ސޮއިކުރެވުނީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމުގަ އެވެ. ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށް ކަމަށާއި، މިހާތަނަށް މަސަކަތް ނުފެށި 05 ރަށެއް އެބަހުރި ކަމަށްވެސް މިނިސްޓްރީއިން ބުނެ އެވެ. މީގެ އިތުރުން، ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސްޓީއޯއާ ހަވާލު ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީއިން ވަނީ ހާމަކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
